ފުވައްމުލަކުގައި، ތެޔޮ ހުސްކޮށްފައި އޮތް ޓޭންކެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ފުވައްމުލަކު ދޫޑިގަން އަވަށުގެ ބަނދަރުގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެފައިވާ ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން ޓޭންކު ކެފުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި މި ހާދިސާގައި ޒަހަމުވެފައިވަނީ ޓޭންކު ކަފަން އުޅުނު ބިދޭސީ މީހެއް ކަމަށެވެ.
ހޮސްޕިޓަލްގައި އެ މީހާއަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.