ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ހޮސްޕިޓަލްތަކެއް ހަދަން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރި ރަށްތަކަކަކީ ހއ. ދިއްދު އާއި ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގެ އިތުރުން ރ. އަލިފުއްޓެވެ.

އެ ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ އެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޢާދިލެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (ސިވިލް) އަތުލް ކުމާރު ޖެއިން އެވެ.

ހޮސްޕިޓަލްތައް ހަދަން މިއަދު ހަވާލުކުރި ހަތަރު ރަށުގެ ތެރެއިން ދިއްދު އާއި ކުޑަހުވަދޫ އަދި ވިލިގިނލީގައި ހަދަން ނިންނާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. އަލިފުށީގައި ހަދާނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ހެލްތް މިނިސްޓްރީން ބުނީ ހަތަރު ރަށުގައި ހޮސްޕިޓަލް ތަރައްގީކުރަން 57،230،000ރ. ހޭދަވާނެ ކަމަށެވެ.