"ލައިވްލުހުޑް އެންހާންސްމެންޓް އޮފް ސްމޯލް ފާމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޮބިޒްނަސް ފޯކަސިންގ އޮން ވެލިޔު ޗެއިން ޑެވޮލޮޕްމަންޓް" ޕްރޮޖެކްޓްގެ އިންސެޕްޝަން މީޓިންގ ބޭއްވުން

ސާކް ޑިވެލޮޕްމަންޓް ފަންޑުގެ އެހީގައި މިމިނިސްޓްރީއިން ކުރިއަށްގެންދާ "ލައިވްލުހުޑް އެންހާންސްމެންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިންގ އޮން ވެލިޔު ޗެއިން ޑެވޮލޮޕްމަންޓް" ޕްރޮޖެކްޓްގެ އިންސެޕްޝަން ބައްދަލުވުންތައް މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ 2 ރަށުގައި ބާއްވައިފިއެވެ. މީގެ ފުރަތަމަ ބައްދަލުވުން މެއި 28 ގައި ބާއްވާފައިވަނީ ށ. މިލަންދޫގައެވެ. ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މެއި 29 ގައި ށ. ގޮއިދޫގައެވެ.

މި ބައްދަލުވުމަކީ ޕްރޮޖެކްޓް ބެނެފިޝިއަރީންނާއި، ރަށު ކައުންސިލާއި، އަދި ރަށުގެ އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމަށާއި، ޕްރޮޖެކްޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދުލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮޖެކްޓް ބެނެފިޝިއަރީއިންނަށް ވަނީ، ބެނެފެޝިއަރީއެއް އަންގައިދޭ ލިޔުން ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މި 2 ރަށުން ޖުމްލަ 100 ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެ އަހަރުދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ، ޤައުމުތަކުގެ ދަނޑުވެރިކަމުގެ ވެލިޔު ޗެއިން ތަރައްޤީކޮށް، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އުފައްދާ، ދަނޑުވެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަޤްސަދުގައި ސާކްގެ މެންބަރު ޤައުމުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމާޒަކީ މަޝްރޫޢު ނިމޭއިރު ބާޒަރަށް ދަނޑުވެރިކަމުގެ ވެލިޔު އެޑަޑް ޕްރޮޑަކްޓެއް ތައާރަފްކޮށް، އެގްރޯ-ޕްރޮސެސިންގ ވިޔަފާރީ ޢާންމުކުރުން ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.