ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަސްދީގު ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފިއެވެ.
މި ބިލަކީ 29 އޭޕްރީލް 2024 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، 2 މޭ 2024 ގައި، ރައީސް އޮފީހަށް، ތަސްދީގުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.