އައްޑޫ ފޭދޫގައި ރޭ ހިންގި މާރާމާރީއެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ.

އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިއަދު މަރުވީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ.

މާރާމާރީގައި ތޫނު އެއްޗަކުން އޭނަގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްފައިވެ އެވެ. ހާއްސަކޮށް ބުރަަކަށީގެ އެތައް ތަނަކަށް ހަމަލާ ދީފައިވެ އެވެ.

މި މާރާމާރީ ހިންގާފައި ވަނީ ރޭ މެންދަމު 3:00 އެހާކަށްހާ އިރު އެވެ. އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ޖެހުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.