ބޭނުންވާ ތަކެތި

3 ސަމުސާ ކުކިން އޮއިލް

500 ގުރާމު މަސް

½ 1 މޭޒުމަތީސަމުސާ ކޯން ފްލާ

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 ޖޯޑު ބާސްމަތީ ހަނޑޫ (ކައްކާފައި)

4 ބީންސް

1 ކެރެޓް

2 ފިޔާ

2 ތޮޅި މިރުސް

1 މޭޒުމަތީ ސަމުސާ ސްޕްރިން އަނިއަން (ކޮށާފައި)

8 ލޮނުމެދު

2 ބިސް

½ 1 ސަމުސާ ޗިލީ ސޯސް

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ މަސްކޮޅު ކޮށުމަށްފަހު ދޮވެލާފައި ބޯތައްޓަކަށް އަޅާށެވެ. ދެން ކޯން ފްލާއާއި ލޮނު އަދި މުގުރި އަސޭމިރުސްކޮޅަކާއި ފެންފޮދެއް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މަސްކޮޅު އެއްފަރާތެއްގައި ބަހައްޓާށެވެ. ދެން ފިޔަ އާއި ތަރުކާރީ ކޮށުމަށްފަހު މަސްކޮޅު ތެއްލާލާށެވެ. އެއަށްފަހު ކައްކާނެ ތެއްޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ހޫނުކޮށްލާށެވެ. ދެން ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދުކޮޅު ވަޅޯވުމުން ފިޔަ އާއި ތަރުކާރީ އަޅާ އެއްކޮށްލާށެވެ. 5 މިނެޓް ފަހުން ބަތާއި ތެއްލި މަސްވެސް އަޅާށެވެ. އެއަށްފަހު ލޮނުހެޔޮވަރުކޮށް ބިސް އަޅައި އެއްކޮށް އުނދުންމަތިން ބާލާށެވެ. ދެން ތައްޓަށް އެޅުމަށްފަހު މައްޗަށް ސްޕްރިން އަނިއަން އަޅާށެވެ.