ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރުން ޕާކިސްތާނުގައި ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އަގުތައް ބޮޑުކުރުމާ ގުޅިގެން، އެކި ހިސާބުތަކުގައި މީހުން މުޒާހަރާ ކޮށްފިއެވެ. އޭގެ އިތުރުން ބައެއް ތަންތާނގައި މީހުން ސަރުކާގެ މުދަލާއި ތަކެއްޗަށް ގެންލުން ދީފައި ވެއެވެ. ކަރާޗީގެ ސެންޓްރަލް ޑިސްޓްރިކްޓްގެ ޕުރާނީ ސަބްޒީ މަންޑީ ކައިރީގައި ހުރި ޕެޓްރޯލް ޕަމްޕަކަށްވެސް ވަދެ ބަޔަކު ހަމަލަ ދީފައި ވެއެވެ.

އައިއެމްއެފްގެ އިރުޝާދާ އެއްގޮތަށް ޕާކިސްތާނުން ސަބްސިޑީ ކަނޑާލުމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕާކސިްތާން އިތުރަށް ނޫު ވާނެ ކަމަށް ބެލެވެއެވެ.

ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން މީހުންގެ މެދުގައި ހިތް ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅުގައި ޕެޓްރޯލް ޕަމްޕުން ތެޔޮ ސަޕްލައި ކުރުންވެސް ހުއްޓާލާފައި ވެއެވެ. ކަރާޗީ ނޫން އެހެން ބައެއް ސަރަހައްދުތަކުގައިވެސް ހަމަނުޖެހުން ހިނގާފައި ވެއެވެ.

ޕެޓްރޯލްގެ އަގު ބޮޑުކުރުމާ ދެކޮޅަށް ލަރްކާނާގެ ރައްޔިތުން ވެސް ނިކުމެ އިހުތިޖާޖު ކޮށްފައި ވެއެވެ. އާރީ ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި މައްސަލަ އިތުރަށް ހޫނުވީ ރުޅިގަދަ ރައްޔިތުން ލަރްކާނާގެ ޖިނާހް ބާގް ޗޯކްގައި ޓަޔަރުތަކެއްގައި އަލިފާން ރޯކޮށްލުމުންނެވެ.

ޕާކިސތާން ސަރުކާރުން ވަނީ ތެލުގެ އަގު ބޮޑުކުރުމަށް އައިއެމްއެފްގެ ފަރާތުން ހުށަހެޅުމުން އެކަމަށްވެސް މިހާތަނަށް އިންކާރު ކޮށްފައެވެ. ޕާކިސްތާނުން ތެލަށް ބޮޑުކޮށް ސަބްސިޑީ ދެއެވެ.