އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބަސަރާގައި މަސްތުވާތަކެތީގެ އެއް މިލިއަން ޕެކެޓް ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ގްލައިޑަރެއް އިރާގުގެ ފެޑެރަލް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަންސް އޭޖެންސީ (އެފްބީއައި) އިން ވައްޓާލައިފި އެވެ.

އިންޓެލިޖެންސް ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަސަރާ ޕްރޮވިންސްގެ އުޑުގައި އަމިއްލައަށް އުފައްދާފައިވާ ހޯމްމޭޑް ގްލައިޑަރެއް އުދުއްސަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ އެކު، ބަސަރާ ޕްރޮވިންސްގައި ހަރަކާތްތެރިވާ އިންޓެލިޖެންސް އޭޖެންސީ ގެ ޖޮއިންޓް ޓާސްކް ފޯހަކާއި ބޯޑަރު ގާޑުން ބަޑި ޖަހައި ޕައިލެޓަށް ތިރި ކުރަން މަޖުބޫރު ކުރި ކަމަށެވެ. މި ބޯޓު ދުއްވަން އިން މީހާ ވަނީ ބޯޓު ދޫކޮށް އިރާގްގެ އަވަށްޓެރި ގައުމެއްގެ ސަރަހައްދަށް ފިލަން ވަދެފައެވެ. އިރާގުން އެއީ ކޮން ގައުމެއް ކަމަށް ނުބުނެއެވެ.

އިރާގަކީ ސޫރިޔާއާއި އީރާނާއި ސައޫދީ އަރަބިއްޔާއާއެކު ސަރަހައްދު ހިއްސާ ކުރާ ގައުމެވެ. މީގެ ކުރިންވެސް ގިނަ އަދަދަކަށް މަސްތުވާތަކެތި އިރާގަށް އެތެރެ ކުރަން މަސައްކަތް ކޮށްފައި ވެއެވެ.