ސައޫދީ ވަލީ އަހުދާއެކު ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވި، އެމެރިކާގެ ރައީސް ބައިޑެންއަށް މުހައްމަދު ބިން ސަލްމާންއާއެކު މަޝްވަރާތައް ބާއްވަން މަޖުބޫރުވެ ވަޑައިގެންފިއެވެ. އިނގިރޭސި މިޑިއާއިން ބުނާ ގޮތުގައި މި ހާލަތު މެދުވެރި ވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ ގުޅިގެން ބައިޑަން އަށް ސަޢޫދީ ޢަރަބިއްޔާއާއެކު ގުޅުން ރަނގަޅު ކުރަން ޖެހުމުންނެވެ.
ބެލެވޭ ގޮތުގައި މި މަހު ފަހުކޮޅު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު ބައިޑެން ބާއްވަވާ ބައްދަލުވުމަކީ ސައުދީ އެމެރިކާގެ ގުޅުމުގައި ބައިޑެންގެ ވެރިކަމުގައި އެޅޭނެ ބޮޑު ފިޔަވަޅަކަށެވެ.
ބައޑެން ވަނީ ވައިޓް ހައުސްއަށް ވަޑައިގެން އެމެރިކާ ސައޫދީ ގުޅުން ވަރަށް ބޮޑަށް ހަނި ކުރައްވާފައެވެ.
ވައިޓްހައުސްއިން ސައޫދީ ސިޔާސަތަށް އިޙުރާމު ކުރާކަން ދެއްކުމުން އެކަމުގެ ފައިދާތައްވެސް ފެންނާން ފެށިއެވެ. އޭގެ ތެރޭގައި އޯޕެކް އިން ތެޔޮ އިފެއްދުން އިތުރު ކުރުމާއި ޔަމަންގައި ސުލްޙައިގެ މަސައްކަތަށް އައު ދިރުމެއް ލިބުން ހިމެނެއެވެ.