ދިވެހިރާއްޖޭގައި "އަޔާޓާ" ގެ ތަމްރީން ކޯސްތައް ހިންގާ އިތުރު މަރުކަޒެއްގެ ގޮތުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާން ކުރެއްވީ މިމަހުގެ 1 ވަނަ ދުވަހު އެވިޑް ކޮލެޖުން ޢިންތިޒާމްކޮށްގެން ސޮލައިޓް ރެސްޓޮރެންޓްގައި ބޭއްވި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި އަޔާޓާ ގެ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ (ފޯރ ސައުތު އޭޝިއާ) ލޮކޭޝް މައްޓާ އެވެ.
އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި "އަޔާޓާ" ގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ ވަރަށްކުރީއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އަދި އެކަން މިއަދު ހަޤީޤަތަކަށް ބަދަލުވެ އެވިޑް ކޮލެޖްގެ ނަން އަނެއްކާވެސް ރަންއަކުރުން ތާރީޚްގައި ފަވާލެވިއްޖެކަމުގައެވެ. އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި " އަޔާޓާ " އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ވަނީ ލިބިފައެވެ. އެއީ
- އެސިސްޓިންގ ޓްރެވެލަރސް ވިތް ސްޕެޝަލް ނީޑްސް
- އީ ކޮމަރސް އިންދަ ޓްރެވެލް އިންޑަސްޓްރީ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް އެމެޑަސް
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ގެލެލިއޯ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ ފޯރ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ތްރެއިނިންގ ޕްރޮގްރާމް
- ފަަންޑަމެންޓަލް ސްކިލްސް އިން ޖަރނީ ޕްރައިސިނގް އެންޑް ޓިކެޓިންގ
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – އެމެޑަސް
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ގެލެލިއޯ
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ސޭބަރ
- މެނޭޖިންގ ދަ ޓްރެވެކް ބިޒްނަސް
- ސޯޝަލް މީޑިއާ ސްޓްރެޖީ ފޯރ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލަރނިންގ
- ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކޮލެޖުން މިހާރު ދަނީ "އަޔާޓާ" ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރަމުންނެވެ.
އެވިޑް ކޮލެޖް، "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ހަމަޖެހުނުކަމަށް އިއްލާން ކުރެއްވީ މެއި މަހުގެ 30 ވަނަ ދުވަހު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައިއިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ) ގެ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ (ފޯރ ސައުތު އޭޝިއާ) ލޮކޭޝް މައްޓާ އެވެ.