އިނގިރޭސިވިލާތުގެ ވަރުގަދަ ބްރޭންޑެއް ކަމަށްވާ "ރަސަލް ހޮބްސް"ގެ އުފެއްދުންތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

މިއުފެއްދުންތައް އެ ކުންފުނިން ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ފުޑް އެންޑް ބެވަރެޖް ޝޯގައެވެ. މި އުފެއްދުންތައް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

ދުވަސްވީ މި ބްރޭންޑުގެތެރޭގައި ކެއްކުމަށް ބޭނުންކުރާ ސާމާނާއި އާންމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ސާމާނު ވެސް ހިމެނެއެވެ. އެސްޓީއޯއިން ބުނެފައިވަނީ "ރަސަލް" ބްރޭންޑުގެ ކޮންމެ އައިޓަމަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދެވޭނޭ ކަމަށެވެ. ޖޫންމަހު 10 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ އިން ވިއްކާ ރަސަލް ބްރޭންޑުގެ އުފެއްދުންތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް މަޝްހުރޫ ބްރޭންޑުތައް ތައާރަފްކޮށް ހެޔޮއަގުގައި އެތަކެތި ވިއްކާ ކުންފުންޏެކެވެ.