އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ދެ ދުވަހުގެ ހާއްސަ ޓްރެއިނިނގް ޕްރޮގްރާމެއް ފަށައިފިއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުގެ މައި އޮފީހުގައި ކުރިޔަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ މުވައްޒަފުން މޯޓިވޭޓްކުރުމާއި ޕްރޮޑަކްޓިވިޓީ އިތުރުކޮށް މުވައްޒަފުންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ. މީގެއިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަންކަމުގައި ގުޅިގެން ކުރިޔަށް ގެންދެވޭނެ އެކި ގޮތްގޮތާއި ބެހޭ ގޮތުން، މި ސެޝަންތަކުގައި އަލިއަޅުވާލާނެެވެ. މީގެއިތުރުން، ކުންފުނީގެ އޮޕަރޭޝަންސް ތަކުގައި ބޭނުންކުރާ އެކި އުޅަނދުތަކުގެ މައުލޫމާތުގެ އިތުރަށް "ޕޯޓް ޓާރމްސް" އާއި ބެހޭ ގޮތުންވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލްގެ ޕޯޓު ލާރނިންގ އެންޑް ޑިވެލޮޕްމަންޓް (ޕީޓީސީ)ން "ލީޑަރޝިޕް އެންޑް ޗޭންޖް މެނޭޖްމަންޓް ޕްރޮގްރާމު"ގެ ނަމުގައި ކުރިޔަށް މި ގެންދާ ޕްރޮގްރާމް ވަނީ މާލޭ ކޮމާރޝަލް ހާބަރުގައި މަސައްކަތްކުރާ މެނޭޖަރުންނާއި އަދި، ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި މަސައްކަތް ކުރާ މެނޭޖަރުންނަށްވެސް ކުރިޔަށް ގެންގޮސްފައެވެ. އެމްޕީއެލްގެ ދަށުން މެނޭޖްކުރަމުން އަންނަ އައްޑޫސިޓީ ހިތަދޫ ޕޯޓުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން، އެޗްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ 40 މުވައްޒަފުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

އައްޑޫސިޓީ ހިތަދޫ ޕޯޓުގައި ހިންގާ ޕްރޮގްރާމްގެ ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވާ، އާދަމް ނަސީރަކީ ޖޯންސީ މެކްސްވެލް ސެޓިފައިޑް ކޯޗު، ޓްރެޓްރެ މާސްޓަރ ފެސިލިޓޭޓަރ އަދި އެން.އެލް.ޕީ ގެ މާރސްޓަރ ޕްރެކްޓިޝަނަރއެކެވެ. ނަސީރަކީ 20 އަހަރަށްވުރެން ގިނަ ދުވަހު ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓްގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.