ބޮލީވުޑްގެ ތަރި އަނުކްޝާ ޝަރުމާ ދެވަނަފަހަރަށް ބަނޑު ބޮޑުކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވާހަކަ ދެކެވެމުން ދަނިކޮށް އޭނާ އެކަން ދޮގު ކޮށްފިއެވެ.

އަނުކްޝާ ބަލިވެއިން ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އަޑުގަދަ ވާންފެށީ އޭނާ އާ ފިރިމީހާ ވިރާޓް ކޯލީ މުމްބާއީގެ ހޮސްޕިޓަލަކުން ނިކުމެގެން ދަނިކޮށް ޕަޕަރާޒީންނަށް ފެނިގެންނެވެ. އަނުކްޝާ ބުނެފައިވާ ގޮތުގައި އޭނާ އާއި ފިރިމީހާ، ކޮކިލަބެން އަމްބާނީ ހޮސްޕިޓަލަށް ގޮސްފައިވަނީ ފިޒިއޮތެރަޕިސްޓެއްގެ ގާތަށް ކަމަށެވެ.

ބައެއްމީޑިއާތަކުން ބުނެފައިވާ ގޮތުގައި މިދެމީހުން ހޮސްޕިޓަލުން ނިކުމެ ޕަޕަރާޒީންނާ ހީލުމުން އެމީހުންނަށް އަނުކްޝާ އަނެއްކާ ބަލިވެއިން ކަމުގެ ނިޝާނެއް ދައްކާލީ ކަމަށް ހީވީ ކަމަށެވެ.

އަނުކްޝާ ޝަރްމާ އާއި ވިރާޓަށް އަލަތު ދަރިފުޅު ލިބިފައިވަނީ 11 ޖެނުއަރީ 2021 ވަނަ އަހަރުއެވެ. ދެމީހުންގެ އަންހެން ދަރިފުޅަށް ކިޔާފައިވަނީ ވަމިކާއެވެ. މިދެމަފިރިން މިހާތަނަށް ދަރިފުޅުގެ މޫނު މީޑިއާތަކަށް ހާމަކޮށްފައި ނުވެއެވެ.

އަނުކްޝާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޗަކްދާ އެކްސްޕްރެސް" ނަމަކަށް ކިޔާ ފިލްމަކުންނެވެ.