ޑރ. ޝަޙީމަށް މަދީނާގެ އިސްލާމިކް ޔުނިވާރސިޓިގެ އިސް ދަރިވަރުންނަށް އަރުވާ އެންމެމަތީ ޝަރަފްވެރި އެވޯޑް ލިބިވަޑައިގެންފިއެވެ.

މިވަގުތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރ އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމް ގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް ގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދަށް މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ އިސް ދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް (ޖާއިޒަތުލްޚިއްރީޖީނައްރުއްވާދު) ލިބިވަޑައިގަތުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މަރުހަބާ ކިޔާފައެވެ.

މި އެވޯޑް އެމަނިކުފާނަށް ލިބިވަޑައިގަތުމަކީ އެ ކޯލިޝަންގެ އެންމެހާ މެންބަރުންނަށް ލިބިގެން ދިޔަ އުފަލަކާއި ޝަރަފެއް ކަމުގައި އެ ކޯލިޝަނުން ބުނެފައިވެއެވެ.