ބޭނުންވާ ތަކެތި

1 ޖޯޑު ބަތް

1 ޖޯޑު ގްރީން ބީންސް (ކޮށާފައި)

1 ޖޯޑު ކެރެޓް (ވަށްފޮށްޗަށް ކޮށާފައި)

1 ޖޯޑު ޅަފަޅޯ ( ތުނިކޮށް ކޮށާފައި)

½ 2 މޭޒުމަތީސަމުސާ ކުކިން އޮއިލް

2 ލޮނުމެދު ( ކޮށާފައި )

1 މޭޒުމަތީސަމުސާ އިނގުރު( ތުނިކޮށް ކޮށާފައި)

500 ގުރާމު ބޯންލެސް ޗިކަން ( ދިގުކޮށް ކޮށަފައި)

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް

1 މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރި)

ރަހަލާވަރަށް ލޮނު

1 ފިޔާ (ބޮޑެތިކޮށް ކޮށާފައި)

½ ޖޯޑު ބެލް ޕެޕާ

½ ޖޯޑު ބްރޮކޮލީ

3 ތޮޅި މިރުސް

1 ސައިސަމުސާ ވިނިގާ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ތެއްޔަކަށް ފެން އެޅުމަށްފަހު ލޮނުކޮޅެއް ލައިގެން އުނދުންމަށްޗަށް އުދައި ހޫނުކުރާށެވެ. ފެންގަނޑު ބޮކިޖަހައި ކެކެންފެށުމުން ގްރީން ބީނސް ކޮޅު އަޅައި 2 މިނެޓް ބެހެއްޓުމަށްފަހު ނަގަށެވެ. ދެން އެފެންގަނޑަށް ކެރެޓް އަޅާށެވެ. 2 މިނެޓްވުމުން ކެރެކޮޅުވެސް ނަގައި ކޮށި ފަޅޯ ކޮޅު އަޅާށެވެ. 2 މިނެޓް ކެކުމުން ފަޅޯކޮޅުވެސް ފެނުން ނަގާ އެއްފަރާތެއްގައި ބަހައްޓާށެވެ. ދެން ތަވަޔަކަށް 2 ބައި ސަމުސާ ތެޔޮ އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ތެޔޮ ފޮދު ހޫނުވުމުން ލޮނުމެދާއި އިނގުރު އަޅާށެވެ. 2 މިނެޓެއްހާއިރު ހަނާ ވުމުން ދެން ކުކުޅު ކޮޅު އަޅާށެވެ. ކުކުޅު ކޮޅު ކުލަ ބަދަލުވުމުން ސޯޔާ ސޯސް އާއި އޮއިސްޓާ ސޯސް އަޅާށެވެ އެއަށްފަހު ރަނގަޅަށް ހަނާ ކޮށްލާށެވެ. ދޭފަތަކުން ހަލަމުން ނެވެ. ދެން އަސޭމިރުސް އަޅައި ލޮނު ހެޔޮވަރުކުރާށެވެ. ކުކުޅުކޮޅު ހަނާވުމުން ފިޔާ، ބެލް ޕެޕާ، ތޮޅި މިރުސް، ބްރޮކޮލީ އަޅާ އެއްކޮށްލާށެވެ. މިގޮތަށް އެއްކޮށްލުމަށްފަހު 2 މިނެޓް ކައްކާލާށެވެ. ދެން ކުރިން ބެހެއްޓި ކެރެޓާއި، ބީންސް،، ފަޅޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުނދުންމަތިން ބާލައި ތައްޔާރުކުރި ބަތްކޮޅުގެ މައްޗަށް އަޅާލާށެވެ.

ނޯޓު: މި ބަތް ތައްޔާރުކުރުމަށް އެމީހަކު ބޭނުން ތަރުކާރީއެއް ބޭނުންކުރެވިދާނެ އެވެ.