ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަމުންދާ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ މިހާތަނަށް ވަނީ އެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ކަމަށެވެ.

މިހާރުވަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓާއި ބަނދަރު ބައްތީގެ ޕޯސްޓްތައް ވެސް ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެވެ. މިއީ 9.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.