މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝާންއެއް މިއަދު ފަށައިފިއެވެ. 30 އޮގަސްޓް 2022 ގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެއެވެ. އެސްޓިއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓް ކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު މި ބްރޭންޑްކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ނަންބަރ ވަން ބްރޭންޑެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު ،ވެކްޔުމްކުލީނާ، ރައިސްކުކާރ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30% އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއަރ ކޮންޑިޝަނާރ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިލައްވާނެއެވެ. އަދި، މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ހަވާލުކުރެވޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި 3 ފަރާތެއްހޮވައި، ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާރއެއް ލިބިލައްވާނެއެވެ.

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއްހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބިލައްވާނެއެވެ. މި މުބާރާތުގެ އިތުރު މަޢުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ތަކުން ލިބިލައްވާނެއެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ 6 މޮޑެލްއެއްގެގައި ، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ. .މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސަލަމާރިއެއް ގަންނަން ވިޔަސް އަދިވެސް ހަމަ ހިޓާޗީ ވަރެއް ނެތެވެ.