މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދޭޭ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ގެންދަވަނީ މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވުން މަދުކޮށް އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދެއްވުމަށް މަސައްކަތް ކުރަމުންނެވެ.