މުދާ އުފުލާ ދޯންޏަކަށް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ތިން ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ "ރުއްކުރި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެދޯނީގެ ދިގުމިނަކީ 96 ފޫޓު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ދޯންޏަށް ދިޔަވަމުންދަަނީ ކ.ގާފަރުގެ ހުޅަނގުދެކުނުން 14 މޭލު ބޭރުގައޮ އޮވައެވެ. އެ ދޯންޏަށް އެހީވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ފަހުން ވިދާޅުވެފައިވަނީ "ރުއްކުރި" ދޯނި، އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏެއްގެ ކަފުޖަހައިގެން ކ.އަކިރިފުށި ކަނޑުއޮޅިއަށް މިހާރު ވަނީ ވައްދާފައި ކަމަށެވެ.