ރ. އަނގޮޅިތީމު ސްކޫލުގައި 2 ކްލާސްރޫމް އިމާރާތް އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެ މަސައްކަތް ހަވާލުކުރެވުނީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 1,388,059.44ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް ފަންސާސްނުވަރުފިޔާ ސާޅީސްހަތަރު ލާރި) އެވެ. މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު މާހިން މަޖީދެވެ.