ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތަށް އެފަރާތުން ހުށަހަޅުއްވާފައިވަނީ ތިން މިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ސާޅީސް ތިން ލާރި އެވެ، މަސައްކަތް ނިންމަންދީފައިވާ މުއްދަތަކީ 60 ދުވަހެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓާރ މޫސާ ނައީމެވެ.

ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒެވެ.