ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ބޮޑުވަމުންދާތީ އެސްޓީއޯގެ ފިއުލްސަޕްލައި މޯލްޑިވްސްގެ ސްޓޭޝަން ތަކުން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ބޮޑުކޮށްފި ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.55 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ."