ފ. ނިލަންދޫ ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފ.ނިލަންދޫ ފަޅުތެރޭގައި އޮތް 52 ފޫޓުގެ "މަޤްސަދު" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވެ އަޑިޔަށްދާކަމުގެ މަޢުލޫމާތު، އެމްެއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 11:45 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސްފައެވެ. އަދި ފަޔަރ ވެހިކަލްގެ ޕަންޕު ބޭނުންކޮށްގެން ސިފައިން ކުރި މަސައްކަތުން މިއަދު 12:15 ހާއިރު އެ ދޯނީގައި ހުރި ދިޔަގަނޑު އެއްކޮށް ވަނީ ހިއްކައިދީފައެވެ.

މަޢުލޫމާތު ލިބުނު ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ބޮޑު އުނގުރި ނެއްޓުމާ ގުޅިގެންނެވެ. ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.