ދިވެހިރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ބަރޯސާ ވަނީ އިމްޕޯޓް ވިޔަފާރީގެ މައްޗަށެވެ.

ދިވެހިރާއްޖެއިން މައުނަވީގޮތެއްގައި އެކްސްޕޯޓުކުރާ ޕްރޮޑަކްޓުތަކެއް ނެތެވެ. މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އެންމެ ޒަވާންވީ އިގްތިސާދީ މަސައްކަތް ކަމަށްވީނަމަވެސް ދިވެހިރާއްޖޭގައި މަސްވެރިކަމަށް ބަރޯސާ ވެވޭ ވަރެއް އަދިވެސް ނުވެއެވެ. ޔޫރަޕުގެ މާކެޓަށް ވެސް ދިވެހި މަސް ވިއްކުމުގައި ލުއިތަކެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބީއެއް އަދި މިހާތަނަށް ނުލިބެއެވެ.

ދިވެހިރާއްޖޭގެ ކަނޑުމަށް ޔޫރަޕިއަން ޔޫނިއަނަށް ވެއްދުމަށް ނަގާ ބޮޑު ޓެކުހުގެ ސަަބަބުން ދިވެހި ކަނޑުމަހުގެ އަގު އެ ސަރަހައްދުގައި އެތައްގުނައަކަށް އުފުލުމުގެ ސަބަބުން ޑިމާންޑު ކުޑަވެއެވެ. ބޮޑު އަގުގައި ދިވެހި ކަނޑުމަސް ޔޫރަޕަށް ވިކުނަށް ދިވެހިރާއްޖެއަށް ވަންނަ ނަފާވާނެ ފައިސާގެ އަދަދު އެހާ ވެސް މަދެވެ. މަސްވެރިކަމުގެ ސީދާ އިގްތިސާދީ ފައިދާ މުޅި ދިވެހި ރައްތިތުންނަށް ކުރާނެ އިންތިޒާމެއް އަދިއަދަަށް ވެސް ހަމައެއް ނުޖެއެވެ.

އިގްތިސާދީ ނުވަތަ "އިކޮނޮމިކް" ނަޒަރަކުން ވިސްނާނަމަ ދިވެހި ރާއްޖޭ ކިރިޔާވެސް "ނޭވާލާ" ގައުމެއްގެ ގޮތުގައި އިންޑިއާ ކަނޑުގެ ތެރޭގައި މިއޮވެވެނީ ފަތުރުވެރިކަމުން ލިބޭ ކުޑަކުޑަ މަންފާގެ މައްޗަށް ބަރޯސާވެއެވެ. އަދި ހެޔޮއެދޭ ގައުމުތަކުގެ "ލޯނާ" ހިލޭ އެހީ ލިބިގެންނެވެ. ދެން އާންމު ދިވެހި ރައްޔިތުން ކުރާ އަމިއްލަ ވިޔަފާރިތަކުން ނަގާ ޖީއެސްޓީ ފަދަ ޓެކްސް ތަކުންނެވެ.