ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވިޔަސް ފުރަބަންދަކަށް ދިއުމުގެ ވިސްނުމެެއް ނުގެެންގުޅުއްވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ކުުރެއްވި ސުވާލަކަށް ޖެވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފުރަބަނދަކަށް ދިއުމަކީ ރާއްޖެ ކަހަލަ އިގްތިސާދެއް އޮންނަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ދެންވެެސް އެބައްޔާއެކު އުޅެން އާދަކޮށް އެއާއެކު އުޅުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިބަލި މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އެއާއެކު އެޗުޕީއޭޭއިން އަންނަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ހާލަތާ އެއްގޮތަށް އަޅަމުންނެވެ.
މިނިސްޓަރ ނަސީމް ވެސް ވަނީ މީހުން ގިނަ ތަންތަނަށް ދާއިރު މާސްކު އެޅުމަށް އިލްތިމާސް ކުރައްވައިފައެވެ. އެ ނަމޫނާ މަޖިލިސްގެ މެންބަރުން ވެސް ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިބަލި މިހާރު އަންނަނީ އިތުރުވަމުންނެވެ. މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަކީ އެޗުޕީއޭގެ ވަރަށްބޮޑު އެދުމެކެވެ. އެގޮތުން މިބަލީން ރައްކާތެރިވުމަށް ކުރީން ދީފައިވާ އިރުޝާދުތަކަށް އަމަލުކުރަން ފެށުން ވަރަށް މުހިންމު ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.