އިންޑިއާގެ ޓީވީ ޑުރާމާތަކާއި މީސް މީޑިއާއިން މަޝްހޫރުކޮށް ހޯދާފައިވާ ތަރި، ސަމީކްޝާ ސުދު ވާވު ޝިޕް ރެކްގައި ނަގާފައިވާ ފޮޓޯ ތަކަށާއި ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސަމީކްޝާ، ޝިޕް ރެކް ކައިރީ މިޔަރުތަކާއި، މަޑި ތަކާއެކު ފީނަނިކޮށް ނަގާފައިވާ ވީޑިއޯ ތަކާ، މަސްތަކާއި އެކު މޫދުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ބަލައި ގިނަ ބަޔަކު ތަޢުރީފު ކޮށްފައި ވެއެވެ.

މީގެ އިތުރަށްވެސް ކޯމަސް ބެލުމާއި މޫދުގެ އެކި ކުޅިވަރުތަކުގައި އޭނާ ޙަރަކާތްތެރިވާ ފޮޓޯ ތަކާއި ވީޑިއޯތައް އިންސަޓަރގްރާމުގަ އާއި ޔޫޓިބް ގައި ހިއްސާކުރަމުން އޭނާގެ މި އުފާވެރި ޗުއްޓީގެ ހިތްގައިމު ވާހަކަތައް ކިޔައިދެމުންދެއެވެ.

ޝަމީކްޝާ އާއި އެކު އިންޑިއާގެ މަގުބޫލު ފޮޓޮގްރާފަރެއް ކަމުގައިވާ ޕަރްވީން ބާޓްވެސް މި ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ. އަދި މި ތަރީގެ ޔޫޓިބު ޗެނަލްގައިވެސް މި ވީޑިއޯތައް ހިއްސާ ކުރަމުންދެއެވެ. އޭނާގެ މި ޗެނަލް "ސަބްކްރައިބް" ކޮށްގެން ވީޑިއޯތައް ބަލާމީހުންގެ އަދަދު 1 މިލިޔަނަށްވުރެ ގިނައެވެ.

މި ދެ ފަންނާނުން، އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރަމުންދަނީ އދ. އަތޮޅުގައި އޮންނަ ލިލީ ބީޗް ރިސޯޓް ގައެވެ. މި ރިސޯޓުގެ ރީތި މަންޒަރުތަކާއި އޭނާ ރާއްޖޭގައި ނަށާފައިވާ ވަރަށް ގިނަ ވީޑިއޯތައް ޔޫޓިއުބް ޗެނަލް އާއި އިންސަޓަރ ގްރާމުން މިހާރު ފެންނަން އެބަ ހުއްޓެވެ.

ސަމީކްޝާއަކީ މަޝްހޫރު ޓީވީ ޑްރާމާ "ބާލް ވީރު ޑޯލީ އަރުމާން ކީ" އާއި "އެކް އާސްތާ އެއިސާ ބީ" އިން ބެލުން ތެރިންގެ ތަރުޙީބު ހޯދި ތަރިއެކެވެ.

މި ދެފަންނާނުން ނޫނަސް، މި ދުވަސްވަރު އިންޑިއާގެ މަޝްހޫރު ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރަމުން އެބަގެންދެއެވެ.