ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގައިވާ ރަށްރަށަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވިދާޅުވެފައިވަނީ އެ އަތޮޅުތަކަށް ހުދުސަމާލޭ ނެރެފައިވަނީ ވައިގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭ ކަމަށެވެ.

މިސަރަހައްދުތަކަށް ހުދުސަމާލު ނެރެފައިވަނީ މިރޭ ބާރައިން ފެށިގެން 4:00 އާ ހަމައަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް އުދައަރައި ބޮޑެތި ގެއްލުންތައް ވެސް ވަނީވެފައެވެ. މިރޭ ދިޔަވަރު ބޮޑުވާ ވަގުތު އިތުރަށް އުދައަރައިފާނެތީ ބައެއްރަށްރަށުން ގެންދަނީ ސަލާމަތީ ފިޔަވަޅު އަޅަމުންނެވެ.