ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދެ ކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި މައްކާއަށް ސަޢުދީ ޢަރަބިޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ ސަޢުދީ ރަސްގެފާނުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެ ދެކަނަބަލުންް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިއީ އެެ ދެކަނބަލުން ކުރަައްވާ ނުރަސްމީ ދަަތުރުފުޅެކެވެ.