ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) ގެ ޗެއާމަން ޢަބްދުއްރަޝީދުގެ ހަނދާނުގައި ހުުޅުމާލޭގައި ބިނާކކޮށްފައިވާ މިސްކިތް "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިިއްޔާ ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަޝީދަކީ ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްގެ ބައްޕަ އެވެ.

މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ. މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު ރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި މިސްކިތަށް ދާ މީހުން ގެ ސައިކަލް ޕާކުރުމަށް ވެސް ވަނީ ސަރަހައްދުތަކެއް ޚާއްސަކޮށްފައެވެ،

މިސްކިތް ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އާރު.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.