ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 ޕަސެންޓާއި، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 ޕަސެންޓް ނިމިއްޖެއެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް ވެެސްވަނީ ނިމިފައި ކަމަށް އެމްޓީސީސީންބުނެފިއެވެ.

މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން އެރަށުގައި ހިންގާ ތަރައްގީގެ މުުހިންމު މަޝްރޫއެކެވެ.

މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.