ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުުން މިއަދު ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރާ މަސައްކަތެކެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ނިންމަން އެކުންފުނީން ދީފައިވާ މުހުލަތަކީ 270 ދުވަހެވެ. މަސައްކަތުގެ އަގަކީ 45،998،170.00 ރުފިޔާ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ޝަރީފެވެ.

މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. އެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާއި، ސިޓިން ރޫމަކާއި، ބަދިގެއާއި، ކާގެއާއި، ދޮންނަތަނާއި ގުދަނެއް ހިމެނެއެވެ.