މި އަހަރުގެ އަޟްޙާ ޢީދުގައި އެމްއެންޑީއެފްގެ ފަރާތުން އެއްވެސް ރަށެއްގައި ހަވާއެރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް އެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް، ވިޔަފާރި އުސޫލުން ހަވާ އެރުވައިދިނުމަށްއެދި 18 ރަށަކުން ވަނީ އެމްއެންޑީއެފް ސިފްކޯގައި އެދިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހަވާއެރުވުމަށް ސިފްކޯގައި އެދިފައިވާ 18 ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ވަށަފަރު، ނ.ވެލިދޫ، ނ.ހޮޅުދޫ، ނ.ފޮއްދޫ، ރ.މާކުރަތު، ބ.ފުޅަދޫ، ބ.ދަރަވަންދޫ، ބ.އޭދަފުށި، ކ.ދިއްފުށި، ކ.ގުރައިދޫ، ކ.ހިއްމަފުށި، ކ.ގާފަރު، އއ.ތޮއްޑޫ، އއ.އުކުޅަސް، ގދ.ފިޔޯރީ، އަދި ސ.ހިތަދޫއެވެ. އެހެންނަމަވެސް އެ ރަށްރަށުގައި ސިފްކޯއިން ހަވާއަރުވައިދޭނޭ ކަމެއް ނުވަތަ ނޫން ކަމަށް އެމްއެންޑީއެފުން އަދި ވިދާޅެއް ނުވެއެވެ.

އަޟުހާ ޢީދުގައި މާލޭ ސަރަހައްދުގައި ހަވާއެރުވުމަށް ހަމަޖެއްސުމަށްފަހު ކޮވިޑް ފެތުރެމުންދާތީ އެކަން މިހާރުވަނީ ކެންސަލް ކޮށްފައެވެ.