އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމަށް އެސްޓީއޯއިން ފަށައިފައިވާ ހަރަކާތުގެ ދަށުން ހުސްވި ޖޫންމަހު 241 ކުއްޖަކަށް ހަދިޔާ ދީފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ،

މި ހަދިޔާ އެންމެ ގިނައިިން ދީފައިވަނީ މާލޭ ސަރަހައްދަށް އުފަންވި ކުދިންނަށެވެ، އެ ގޮތުން އެސަރަހަައްދަށް އުފަންވި 136 ކުއްޖަކަށް އެކުންފުނީން ވަނީ ހަދިޔާ ދީފައެވެ. އެއީ އައިޖީއެމްއެޗަށް އުފަންވިި 71 ކުއްޖަކާއި ހުޅުމާލޭ ހޮސްޕިޓަލަށް އުފަަންވި 15 ކުއްޖަކާއި ޓްރީީޓޮޕް ހޮސްޕިޓަލަށް އުފަންވިި 50 ކުއްޖެކެވެ. އަތޮޅުތެރެއިން މިހަދީޔާ ދީފައިިވަނީ 105 ކުއްޖެކެވެ. އެއީ ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލަށް އުފަންވި 37 ކުއްޖަކާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 18 ކުއްޖަކާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 16 ކުއްޖަކާއި ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް އުފަންވި 9 ކުދިން ހިމެނެއެވެ. އޭގެ އިތުރުން ފުވައްމުލަކު ހޮޮސްޕިޓަލަށް އުފަންވި 7 ކުދީންނާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް އުފަންވި 18 ކުދިން ހިމެނެއެވެ.

އެސްޓީއޯއިން ދޭ ހަދިޔާ ވަށިގަނޑުގައި އާންމުގޮތެއްގައި ހުންނަނީ އަލަށް އުފަންވާ ކުދީންނަށް ބޭނުންވާ ތަފާތު ސާމާނެއެވެ. އެސްޓީއޯއިން ވިދާޅުވެފައިވަނީ ކުރިއަށްއޮތްތާނގާއި ވެސް އަލަށް އުފަންވާ ކުދީންނަށް މިހަދިޔާ ވަށިގަނޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.