ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ސަޢުދީ ޢަރަބިޔާއަށް ފުރާ ވަޑައިގެންފިިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިދަތުރުފުޅަކީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ. މަޢުލޫމާތު ލިބިިފައިވާ ގޮތުގައި މިއީ ސަޢުދީ ރަސްގެފާނުގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.