ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީއިދާރާ (މެޓު) އޮފީހުން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވެފައިވަނީ މާދަމާވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނޭ ކަމަށެވެ. އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭޭވެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވިިދާޅުވެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުޅަނގު އުތުރާއި އުތުރުން، އުތުރާއި މެދުރާއްޖޭގެ ސަރަހައްދަށް ގަޑިއަކިި 10 މޭލާއި 20 މޭލު ބާރު މިނުގައި ވައިޖެހޭނޭޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިބާރުވާނޭ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެެއެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނޭ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަަކަށް ގަދަވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.