ޖުލައި ތިންވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލަށް ފޯނުން ގުޅައިގެން އެޕޮއިންޓްމެންޓް ކޮމްފޯމް ކުރިި މީހުންގެ ތެރެއިން 37 ޕަސެންޓް ނުވަތަ 285 މީހަކު ޑޮކްޓަރަށް ދައްކަން އައިސްފައި ނުވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ހާމަކޮށްފައިވާ އިއްޔެގެ ހިސާބުތަކަށް ބަލާއިިރު އިއްޔެ ފޯނުން ގުޅައިގެން އެޕޮއިންޓްމެންޓު ހެދި މީހުންގެ ތެރެއިން ޑޮކްޓަރަށް ދައްކަން ދިޔައީ 63 ޕަސެންޓު މީހުން ކަމަށެވެ. އެއީ 781 މީހެކެވެ.
އައިޖީއެމްއެޗުން ވަނީ ފަސޭހަކަމާއެކު ޓޯކަން ނަމްބަރު ނެގުމަށްޓަކައި ކިއުބީ އެޕްގެ ނަމުގައި އެޕެއް ތަޢާރަފްކޮށްފައެވެ. އެ އެޕް ބޭނުންކޮށްގެން އޯޕީޑީން 24 ގަޑިއިރު ނަމްބަރ ލިބޭނެއެވެ. ލެބޯރަޓަރީ ނަމްބަރު ލިބޭނީ ހެނދުނު 7:30 އިން ރޭގަނޑު 9:30 އަށެވެ.