އަޟްޙާ ޢީދާ ދިމާކޮށް، "އުޅަނދުފަހަރުގެ ރައްކާތެރިކަން - ނިޔާމަ ދަތުރު" ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ކޮންމެ އަޟުޙާ ޢީދަކާ ދިމާކޮށް ސިފައިން ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ޖޫން 30 ވަނަ ދުވަހު ވަނީ ފަށައިފައެވެ. އެކި ސަރަހައްދުތަކުގައި ހިިންގާ މި އޮޕަރޭޝަން މާލޭ ސަރަހައްދުގައި ވެސް ކުރިއަށް އެބަދެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދ، ފ، މ، ތ، އަދި ލ އަތޮޅުގައެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ ޖުލައި 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.