ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭނގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިނު ރިޕޯޓަކާ ގުޅިިގެން އެމްއެންޑީއެފްގެ ސިފައިން އެތަންތަން ބަލައި ޗެކްކޮށްފިއެވެ.

އެ ދެރހައްދު ބެލުމަށްފަހު އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެބެލިބެލުމުން އޭގައި އެއްވެސް ނުރައްކަލެއްނެތް ކަމަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. އެކަން ކަށަވަރު ކުރުމަށްފަހު މިހާރުވަނީ އެ މަސައްކަތް ހުއްޓާލައިފައި ކަމަށްވެސް ވިދާޅުވެފައިވެއެެވެ.

"ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން މިއަދު އެމް.އެން.ޑީ.އެފް އިން ވަނީ އެސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައެވެ. ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީންވުމުން މިހާރު ވަނީ މި ހަރަކާތް ނިންމާލެވިފައެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެ ކަމުގައި އެންމެހާ ފަރާތްތަކުން ދެެއްވި އެއްބާރުލެއްވުމަށް އެމްއެންޑީއެފުން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފައެވެ.