އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާ އެމީހުންގެ ޙާލު ބައްލަވައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭޭގެ ޙައްޖުމިޝަނާ ހަވާލާ ދެއްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ.

ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ. ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 ޙައްޖުވެރިންނެވެ. ރާއްޖޭގެ އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ސަރުކާރުން ހަމަޖައްސާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އެވެ.