ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން ގްރޭޭޓަރ މާލޭ ސަރަހައްދުގައި ޓެކްސީކުރާ ޓެކްސީތަކުން ފަސިންޖަރުން އަތުން ނަގާ އަގޮބޮޑުކޮށް އެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީންް އިއުލާން ކޮށްފިއެވެ.

މިގެނައި ބަދަލާއެކު މާލެ ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލޭ ފިޔަވަހި 2 ގެ އެތެރޭގައި ދަތުރެއް މިހާރު ކޮށްދޭނީ 30 ރުފިޔާއަށެވެ. މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި ހުޅުމާލެ ފިޔަވަހި 1 އިން މާލެއަށް ނަގާނީ 85 ރުފިޔާއެވެ. މާލެއިން ހުޅުމާލޭ ފިޔަވަހި 2 އަށް އަދި ހުޅުމާލޭ ފިޔަވަހި 2 އިން މާލެއަށް ދަތުރެއް ކޮށްދޭނީ 100 ރުފިޔާއަށެވެ. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދަތުރެއް ކޮށްދެނީ 70 ރުފިޔާއަށެވެ. ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެއަށް އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި 1 އަށް 80 ރުފިޔާއެވެ. ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ދަތުރެއް ކޮށްދޭނީ 85 ރުފިޔާއަށެވެ. ހުޅުމާލޭ ފިޔަވަހި 1 އިން ހުޅުމާލޭ ފިޔަވަހި 2 އަށް އަަދި ހުޅުމާލޭ ފިޔަވަހި 2 އިން ހުޅުމާލޭ ފިޔަވަހި 2 އަށް ދަތުރެއް ކުރާނީ 40 ރުފިޔާއަށް ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.