އއ.ފެރިދޫން ފުރައިގެން 31 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ "އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗެއް، އިންޖީނު ހުއްޓުމުން އޭގައި ތިބި މީހުންގެ ތެރެއިން 28 މީހަކުވަނީ ސަލާމަތްތެރި ކަމާއެކު މާލޭ ގެނެސްފައެވެ. އެމީހުން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ދެ އުޅަނދެއްގައެވެ. އެމީހުން މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 10:16 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ލޯންޗު އިންޖީން ހުއްޓިފައިވަނީ ކ.ބޮލިފުށީގެ ހުޅަނގުން 14 ނމ. ބޭރުން ކަމަށެވެ. އިންޖީނު ހުއްޓުނު "އެރްވީނާ އަލޯހާ" ލޯންޗުން މާލެ ގެެނެސްފައިވަނީ 4 ކުޑަކުދިންނާއި، 7 އަންހެނުނާއި 17 ފިރިހެނުންނެވެ. އެ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗަށް ތެޔޮ ފޯރުުކޮށްދިނުމުން މިހާރުވަނީ އޭގެ މަންޒިލަށް ގޮސްފައެވެ.