މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް އެސްޓީއޯއިން ވޭރިއަބަލް ރެފްރިޖަރެންޓް ފްލޯ (ވީއާރުއެފް) ސިސްޓަމެއް ހަދިޔާކޮށްފި ކަމަށް އެކުންފުނީން ބުނެފިއެވެ.

އެ ސިސްޓަމަކީ އެސްޓީއޯއާއޮ އެމްއައިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ އިންސްޓިޓިއުޓުގައި ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންގެ އަމަލީ ބައި ފުރިހަަމަކުރުމަށް ހަދިޔާކުރި ސިސްޓަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެތަނުގެ މުވައްޒަފުންނަށް ފަހުގެ ފަ ފަންނިއްޔާތާ ގުޅޭ ތަމްރީނު ދިނުމަށް މަސައްކަތު ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.