ގްރޭޓަރ މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރީގައި ސްޓެލްކޮއިން ގަސްއިންދުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި އެ ކުންފުނީގެ ގިނައަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

މީގެ ކުރިިން ވެސް އެރަށް ފެހިކުރުމަށްޓަކައި ވަނީ ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެެ. އެ ހަރަކާތުގައި ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިރަށަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރާ ރަށެކެވެ.

މިރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 41 މިލިއަން ރުފިޔާއެވެ.

އެރަށް ހުޅުވެންވާއިރަށް އެރަށަށް ބޭނުންވާ ކަރަންޓާއި ނަމާދު ކުރުުމަށް ބޭނުންވާ 159 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރާނެއެވެ. ކަރަންޓުގެ މަސައްކަތް ކުރަނީ ސްޓެލްކޯއިންނެވެ. މިސްކިތް އަޅަނީ ފެނަކައިންނެވެ.