އިންޑިއާ ސަރުކާރުގެ އެހީގައި ގދ. ފަރެސްމާތޮޑާގައި ތަރައްގީކޮށްފައިވާ ޕާކު އިއްޔެ ހުޅުވަައިފިއެވެ. އެރަށު ބަހުރުވައިން "ހެރަހަމަގު ޕާރކް" (ހުރަސް މަގު ޕާކު) ގެ ނަމުން ނަންދީފައިވާ މި ރީތި ޕާކު ހުޅުއްވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްރަކްޗަރ މުޙައްމަދު އަސްލަމެވެ. އެ ދެ ބޭފުޅުންގެ އިތުރުން މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރ އަޙްމަދު ނަޞީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕާކު އެރަަށުގައި ރަސްމީކޮށް ހުޅުވުމުުން ރަށަށްވަނީ އުފާވެރިކަން އައިސްފައެވެ. ބޮޑު ޢީދާ ދިމާކޮށް މި ޕާކުހުޅުވުމަކީ އެރަށުގެ ކުދިބޮޑު އެންމެނަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެކެވެ. އެ ޕާކަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެެވޭ ގޮތަށް މާތޮޑާ އަވަށުގައި ތަރައްގީކޮށްފައިވާ ޕާކެކެވެ. އެތަނުގައި ކުޑަކުދިންނާ ކުޅުވަރު ކުޅެވޭނޭ އިންތިޒާމާއި އެންމެނަށް ކަސްރަތު ކުރެވޭނޭ އިންތިޒާމް ވެސް ހަަމަޖެހިފައިވެއެވެ. އެ ޕާކަކީ އާންމު ހަރަކާތްތައް ވެެސް ހިންގުމަށް ބޭނުންކުރާ ތަނެެކެވެ. އެ ޕާކުގައި އޮންނަ ފެންގަނޑަކީ ދޫނުތައް އެތަނަކުން ހިމާޔަތާއި ރައްކާތެރިކަން ވެސް ހޯދަމުންދާދިރުންހުރި ތަނެކެވެ.

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ އެމަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަަޒަންކޮށް ހަނދާނީ ފިލާ ވެސް ދީފައެވެ.