އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:58 އެހައިކަންހާއިރު އެވެ. އެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެފްއާރުއެސްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.

48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުންނެވެ. އެ ކޮންޓޭނަރުން ލީކުވީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.