ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިއީ 186.6 މިލިއަން ރުފިޔާގެ މަޝްރޫއެެކެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި މިވަގުތު އިންގާ އުމްރާނީ ތަރައްގީގެ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރުމުގައި އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ހަރަކާތްތެރިވާ ކުންފުންޏެވެ.