ރިޔާސީ ރޭހުގައި ޤާސިމާ ވާއްދަކުރައްވާ އެހެން ކެންޑިޑޭޓުން ކޮއްޕާ ވައްޓާލުމަށްފަހު ވެރިކަން ކުރުމުގެ ވިސްނުމެއް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމްގެ ނެތް ކަމަށް ޤާސިމްގެ އެޑުވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް އިއްޔެ މިހެން ވިދާޅުވީ ޕީޕީއެމްގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޖަލަށް ލުމަށް ޤާސިމް އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވާ ކަމަށް ޕީޕީއެމުން އިއްޔެ ބުނުމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ކުރައްވާނަމަ އެމަނިކުފާނަށް ގަދަރާއި ޝަރަފު ލިބޭނީވެސް ޖޭޕީގެ ވެރިކަމެއް އޮތުމުން ކަމަށެވެ. އޭނާ ވިދާޅުވީީ ރާއްޖޭގެ ހުރިހާ ސިޔާސީވެރީން އެތައްނަކުން ފެންނާނީވެސް ޖޭޕީގެ ވެރިކަމެއް އޮވެގެން ކަމަށެވެ. އެވެރިކަމުގައި އެއްވެސް ސިޔާސީއަކު ޖަލަށްލުމަކީ ހަރާމް ކަމަކަށް ވާނޭ ކަމަށް ވެސް އިލްހާމް ވިދާޅުވިިއެވެ.

އެހެން ކަމުން އެފުރުސަތު ރައްޔިތުން ޖޭޕީއަށް ދެއްވުމަށް އިލްހާމް އެދިވަޑައިގެންނެވިއެވެ.