ނ. އަތޮޅު ހެނބަދޫން މީހަކު ގެއްލިިގެން ހޯދަމުން ދަނިކޮށް އެމީހާ ދަތުރުކުރި ކަމަށް ބެލެވެ ކެނޯ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ހެނބަދޫން ގެއްލިފައިވަނީ އިބްރާހީމް ރާމިޒް ކިޔާ މީހެެކެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ފެނިފައިވަނީ ނ.ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ކަމަށެވެ. އެމީހާ ވަނީ އެކަން އެ ރަށުގެ ކައުންސިލަށް އަަންގާފައެވެ.

އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 އެހައިކަންްހާއިރު އެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އަދިވެސްްދަނީ ކުރަމުންނެވެ

އުމުރުން 28 އަހަރުގެ އިބްރާހިމް ރާމިޒު، 28 ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. އޭނާ ހޯދަން ފެށިމިދިޔަ ބުރާސްފަތި ދުވަހު ކެނޯގައި ކަނޑަށް ނުކުތްފަހުން ޚަބަރެއް ނުވުމުންނެވެ.