ވިލާގަނޑުގައި ގަޑިއަކު 34 މޭލަށް ވައިިގަދަވާނެތީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާދެމެދުގެ ރަށްރަށަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީއިދާރާއިން ބުުނެފައިވަނީ ވައިޓް އެލާޓްނެރެފައިވަނީ ރޭދަންވަރު 1:45 އިން ފެށިގެން މިއަދު ހެނދު 7:45 އަށް ކަމަށެވެ. ވިލާގަނޑުގެ ކުރީން ގަޑިއަކު 19 މޭލާއިި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިހެނޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އެ އިިދާރާއިން ބުނެފައިވަަނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނޭ ކަމަށެވެ. އެހެން ކަމުން ކަނޑުދަތުރުފަތު ކުރާ ފަރާތްތަލުން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ.