މިއަދުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަކުރާނޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެއިދާރާއިން ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ހިިސާބުތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުން ވެެސް އެކަށީގެންވާާ ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އަންގައިފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށް ވެސް ބުނެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައިި ވައިޖެހޭނޭ ކަމަށް ވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.